ކައުންސިިލް
މުލަކަތޮޅު ވޭވަށު ކައުންސިލަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ(ޤާނޫނު ނަންބަރ 07/2010) ދަށުން އުފައްދާފައިވާ ޤާނޫނީ ޝަޚުސެކެވެ. މިކައުންސިލްގައި ރަށު ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކޮށްފައިތިބި 5 ކައުންސިލަރުން ތިއްބަވައެވެ. އަދި ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށްޓަކައި ސިވިލްސަރވިސްގެ މުވައްޒަފުން ހިމެނޭގޮތަށް ކައުންސިލްގެ އިދާރާއެއްވަނީ ގާއިމްކޮށްފައެވެ. މިއިދާރާގެ ޚިދުމަތްތައް އަމާޒުކުރެވިފައިވާނީ ރަށުގެ ރައްޔިތުންނަށެވެ.
މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ މި ނަމުގައި މިއިދާރާ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 127 މާއްދާގެ ދަށުން 22 ފެބުރުއަރީ 2011 ގައެވެ.

ތަސައްވަރު
ސަރުކާރުން ރައްޔިތުންނަށް ދެމުންގެންދަވާ ޚިދުމަތްތައް އެންމެމަތީ ފެންވަރެއްގައި ދިނުމަށްޓަކައި ރަށު ކައުންސިލްގެ ހިންގުމުގެ ނިޒާމް ހަރުދަނާކޮށް ރައްޔިތުން އެދޭ ބޭނުންތައް ލުއިފަސޭހަ ކަމާއި އެކު ފޯރުކޯށްދިނުމާއި އެކު ރަށުގެ ޞުލްޙަ މަސަލަސްކަން ދަމަހައްޓާ، އެންމެހާ ކަންތައްތައް މަތީ ފެންވަރެއްގައި ހިންގޭނެ ނިޒާމެއް ޤާއިމްކޮށް ރާވާހިންގުން
މިޝަން
މިރަށަކީ އިސްލާމްދީނަށް ލޯބިކުރާ ދީނީ ޚިޔާލުތަފާތުވުންތައް ކުޑަ، ދިވެހިންގެ އާދަތަކާއި އުޞޫލްތަކަށް ލޯބިކުރާ، ޒަމާނީ ވަޞީލަތްތަކުގެ އެހީގައި ރޭވިގެން ހިންގޭ، ޢިޖުތިމާޢީ ރައްކާތެރިކަން ލިބިގެންވާ، ރައްޔަތުންނާ ވީހާވެސް ގާތުން މަސައްކަތްކުރާ، ޤައުމިއްޔަތާއި އެކުވެރިކަމާއި އެއްބައިވަންތަ ކަމަށް އިސްކަންދޭ، އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮތުން ފުދުންތެރި ރައްޔިތަކު ދިރިއުޅޭ ރަށަކަށްވުން
ތަފާސް ހިސާބުގެ ބައި
360+
ރަށްވެހިން
15+
ތަރައްގީގެ މަޝްރޫއުތައް ނިމިފައި
ކައުންސިލުން ބަލަހައްޓާ ތަންތަން

މަސްޖިދުލް އައްވާބީ

ހުކުރު މިސްކިތް

ބޯޅަ ދަނޑު
