ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީކޮށް ހިންގުމުގެ ގާނޫނުގެ 7-56 ވަނަ މާއްގާގެ (ހ) ގައި ބަޔާންކޮށްފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސައޫލިއްޔަތުތަކާއި ބާރުތައް ތިރީގައިއެވަނީއެވެ.

  1. ރަށުގެ ތަރައްޤީގެ ކަންކަމުގައި ކައުންސިލުން ދެމުންދާ ރަށްވެހިކަމުގެ ޚިދުމަތްތަކާ ބެހޭގޮތުން ކައުންސިލަށް ލަފާ ދިނުން؛
  2. ރަށުގައި އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރުން؛
  3. ރަށުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން؛
  4. ސިޔާސީ އަދި އިޖްތިމާޢީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްކުރުން؛
  5. މަތީ ތަޢުލީމު ޙާޞިލުކުރާ އަންހެނުންގެ ޢަދަދު އިތުރުކުރުމަށް މަސައްކަތްކުރުން؛
  6. އަންހެނުންނާއި ކުޑަކުދިންގެ ޞިއްޙީ ޙާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރުން؛
  7. އަންހެނުންނަށް ލިބޭ ވަޒީފާއާއި ވިޔަފާރި ފުރުޞަތުުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރުން؛
  8. އަންހެނުންނާބެހޭ މުހިންމު މަޢުލޫމާތު އެއްކުރުން؛

(ށ) އަންހެނުންގެ ތަރައްީއަށް މަސައްކަތްކުރާ ކޮމިޓީން ކޮންމެ އަހަރަކުމެ ޙާޞިލުރަން ކަނޑައަޅާ ލަނޑުދަނޑިތައް ކޮންމެ އަހަރެއްގެ ފުރުތަމަ މަހު އެކަށައަޅައި ޢާންމުކުރަންވާނެއެވެ. އަދި ފާއިތުވެދިޔަ އަހަރަށް ކަނޑައެޅުނު ލަނޑުދަނޑިތަކުގެ ތެރެއިން ޙާޞިލުކުރެވުނު މިންވާ ގުޅޭ ރިޕޯޓު އެކުލަވާލައި ކައުންސިލަށް ހުށަހެޅުމާއެކު ރައްޔިތުންނަށް ފެންނާނެހެން ޢާންމުކުރަންވާނެއެވެ.